މި އަހަރު އަމީރުލްޙައްޖުގެ ގޮތުގައި މިނިސްޓަރު އަސްލަމް

މިއަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާ...

31 Jul 2019 | 07:41

މިއަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

މިކަން މިއަދު ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

މި އަހަރު ރާއްޖޭން 2000 މީހުން ހައްޖަށް ދާނެއެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ 2000 މީހުންނާއި ބާކީ ގްރޫޕްތަކަށް ބަހާލައިގެން ހައްޖަށް ދާ މީހުންނެވެ.

އެގޮތުން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަލް ހަރަމައިން އާއި ތަޒްކިޔާ އާއި މިނާ އާއި އެކްރޯ ޕްރައިވެޓް ލިމިޓެޑަށެވެ.

ރާއްޖޭން ހައްޖަށް ދާ އެންމެ ފުރަތަމަ ގްރޫޕް ފުރާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގައެވެ. އަންނަ މަހުގެ ފަހަކާއި ހަމައަށް ދިވެހި ހައްޖުވެރިންގެ ގްރޫޕްތައް ހައްޖަށް ދާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް