ނަޑެއްލާގައި ދުއްވާ އެމްބިއުލާންސާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެއްޖެ

ގދ. ނަޑެއްލާގައި ދުއްވާ އެމްބިއުލާންސާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ. ރޭ 00:36 ހާއިރު ހިނގި މި އެކްސިޑެންޓް ހިނގާފައި ވަނީ، ސީ އެމްބިއުލާންސަށް ބަލިމީހަކު ލާން އެމްބިއުލާންސް ދިއުމުގެ މަ...

31 Jul 2019 | 06:45

ގދ. ނަޑެއްލާގައި ދުއްވާ އެމްބިއުލާންސާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.

ރޭ 00:36 ހާއިރު ހިނގި މި އެކްސިޑެންޓް ހިނގާފައި ވަނީ، ސީ އެމްބިއުލާންސަށް ބަލިމީހަކު ލާން އެމްބިއުލާންސް ދިއުމުގެ މަގުމަތީގައި ސައިކަލަކު ޖެހިފައެވެ. ސައިކަލު ޖެހިފައި ވަނީ އެމްބިއުލާންސްގެ ކަނާތްފަރާތުގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ނަޑެއްލާގެ އިރުމަތީ ފަރާތު ބަނދަރު ސަރަހައްދުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެގެން، ރޭ 1:53 ހާއިރު ގދ. ތިނަދޫ ޑރ.އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް، މިހާރު ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ 27 އަހަރުގެ ފިރިހިނެއް ކަމަށާއި، މި މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ. އަދި އެމްބިއުލާންސް ދުއްވަން އިން 37 އަހަރުގެ ފިރިހެން މީހާ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި އެމްބިއުލާސްގެ ކުރީކޮޅަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެމްބިއުލާންސްގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ.

މި މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް