ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

ކަސްޓަމްސްގެ ބޮންޑެޑްވެއަރ ހައުސްގެ ބެލުމުގެ ދަށުގައި ހުރި 5850 (4388 ލީޓަރު)  ފުޅި ބަނގުރާ ނައްތާލައިފިއެވެ. ކަސްޓަމްސުން ބުނެފައިވާގޮތުގައި މި ތަކެތި ނައްތާލާފައިވަނީ 29 ޖުލައި 2019 ވަނަ ދުވަހު ކ. ތ...

31 Jul 2019 | 06:34

ކަސްޓަމްސްގެ ބޮންޑެޑްވެއަރ ހައުސްގެ ބެލުމުގެ ދަށުގައި ހުރި 5850 (4388 ލީޓަރު)  ފުޅި ބަނގުރާ ނައްތާލައިފިއެވެ.

ކަސްޓަމްސުން ބުނެފައިވާގޮތުގައި މި ތަކެތި ނައްތާލާފައިވަނީ 29 ޖުލައި 2019 ވަނަ ދުވަހު ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާނެ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމުގައި ކަސްޓަމްސުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް