ހަނިމާދުއާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް ކުރަން މޯލްޑިވިއަންއިން ތައްޔާރުވެއްޖެ އެވެ.
މި ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށާއި، ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ޝެޑިއުލް އިޢުލާން ކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން ބުނީ، ކޮޗިންއަށް ސީދާ ދަތުރުތަކެއް މޯލްޑިވިއަން އިން މި ކުރަނީ ބޭސްފަރުވާއަށް ދާ މީހުންނަށާއި އިންޑިޔާގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ފަސޭހަ ފުރުޞަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. މިގޮތުން އިންޑިއާގެ އިތުރު ސިޓީތަކަށާއި ސްރީލަންކާގެ ކޮލަމްބޯއަށްވެސް ދަތުރުފަށަން މޯލްޑިވިއަން އިން ދަނީ ތައްޔާރުވަމުންނެވެ.
މޯލްޑިވިއަން އިން މިހާރު ބައިނަލްއަޤްވާމީ 10 މަންޒިލަކަށް ދަތުރުކުރެއެވެ. އިންޑިއާގެ އިތުރުން، ބަންގްލަދޭޝް، ތައިލެންޑް އަދި ޗައިނާ ދަތުރުތައް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް