ރީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތްކުރުމަށް މުވައްޒަފުންނަށް ހިތްވަރުދެން- ލޭބަރ ރިލޭޝަންސް

އިންތިޚާބުތަކުގައި ރީ- ރަޖިސްޓްރީ ކުރުމަކީ ، ވޯޓުލާން ވީހާ ގިނަބަޔަކު ނިކުތުމަށް ދެވޭ ހިތްވަރަކަށް ވާތީ، ރީ ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތައް ރީ ރަޖިސްޓްރީ ވުމަށް އެހީތެރިވުމާއި، ރީ ރަޖިސްޓްރީ ކުރުމުގަ...

31 Jul 2018 | 17:06

އިންތިޚާބުތަކުގައި ރީ- ރަޖިސްޓްރީ ކުރުމަކީ ، ވޯޓުލާން ވީހާ ގިނަބަޔަކު ނިކުތުމަށް ދެވޭ ހިތްވަރަކަށް ވާތީ، ރީ ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތައް ރީ ރަޖިސްޓްރީ ވުމަށް އެހީތެރިވުމާއި، ރީ ރަޖިސްޓްރީ ކުރުމުގައި މުވައްޒަފުން ބައިވެރިވުމަށް ހިތްވަރުދޭކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެފިއެވެ. އެއިދާއިރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރީ – ރަޖިސްޓްރީ ވުމަށް އެހީތެރިވުމާއި ރީ-ރަޖިސްޓްރީ ކުރުމުގައި ކުންފުނިތަކުންނާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ނިކުމެ މަސައްކަތްކުރުމަށް އެ އޮތޯރިޓީން ހިތްވަރުދޭކަމަށެވެ.

އެއޮތޯރިޓީން މިގޮތަށް ނޫސް ބަޔާން ނެރެފައި މިވަނީ މިއަދު މީޑިޔާތަކުގައި މުވައްޒަފުން ލައްވާ ސިޔާސީ މަސައްކަތް ކުރުވާނަމަ،ފިޔަވަޅު އަޅާނެކަމަށް ލޭބާ އޮތޯރިޓީން ބުނެފައިވާކަމަށް ޚަބަރު ފަތުރާފައި ވަނިކޮށެވެ.

ލޭބަރ ރިލޭޝަނުން މިގޮތަށް ނޫސްބަޔާން ނެރެފައިވާއިރު ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ރީ ރަޖިސްޓްރޭޝަންގެ މަސައްކަތްކުރުމަށް ނެރޭތީ އެކަމާ އިދިކޮޅު ފަރާތްތަކުން ގެންދަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ. މީގެއިތުރުން ސަރުކާރު ހިންގާ ޕާޓީ ، ޕީޕީއެމްގެ ޖަލްސާތަކަށް ސަރުކާރު އޮފީސް ތަކާއި ކުންފުނިތަކުގެ މުވައްޒަފުން ދާން އަންގާ މައްސަލަ ވަނީ މީގެކުރިން ފެންމަތިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް