ރިޝްވަތުގެ ކުށް ޤާނޫނުން އުޤޫބާތުން އުވާލަން އުޅޭ ވާހަކަޔަކީ ކަނޑައެޅިގެން ދޮގެއްކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ފަރާތުން އެކަން ސާފުކޮށްދޭނަކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރިޝްވަތުގެ ކުށް ޤާނޫނުން އުނި ނުކުރާނެކަމަށެވެ. ޑރ.ޝަހީމް މިގޮތަށް ޓްވީޓް ކޮށްފައިވާއިރު ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކުވެސް ވަނީ ރިޝްވަތުގެ ކުށް ޤާނޫނުން އުވާލަށް ހުށަހަޅާފައިވާކަމަށް ބުނެ މީޑިޔާތަކުގައި ދައްކާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ. އަދި އެކަމާގުޅިގެން މީޑިޔާތަކަށް މައުލޫމާތު ދޭނެކަމަށް ނިހާން ކުރެއްވި ޓްވީޓްގައި ވެއެވެ.
ރިޝްވަތުގެ ކުށް އުވާލާކަމަށް ބުނެ ފެތުރިފައިވާ ވާހަކަޔާ ގުޅިގެން އިދިކޮޅު ސިޔާސީ ލީޑަރުންނާއި ޤާނޫނީ ބައެއް ވަކީލުންގެ އިތުރުން ބައެއް ޢިލްމުވެރިންގެ ފާޑުކިޔުންވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް