ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ

ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރައްވައި، އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އިމްރާން ޚާނަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް...

31 Jul 2018 | 09:39

ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރައްވައި، އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އިމްރާން ޚާނަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޯނުން ގުޅުއްވައި ހޫނު މަރުޙާބާއެއް ވިދާޅުވެ ޕާކިސްތާނު ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިމްރާން ޚާނަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުވަނީ، އިމްރާން ޚާންގެ ހިންގުންތެރިކަމުގެ ދަށުން ޕާކިސްތާން އާ އުސްމިންތަކަކަށް ގެންދަވާނެކަމުގެ ޔަޤީންކަން އޮތްކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތާނގައި ޕާކިސްތާނާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށާއި، ދިވެހިރާޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މިފަދަ މުނާސަބަތެއްގައި ރައީސުލްޖުމްހޫރިއްޔާ ގުޅުއްވައިލައްވައި މަރުޙާބާ ދަންނަވައި އަރިސްކުރެއްވި ހެޔޮއެދުންތަކަށްޓަކައި އިމްރާން ޚާންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް