20 ރަށެއްގައި ނަރުދަމާ އަޅަން ސްރީލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

ރާއްޖޭގެ 20 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ސްރީލަންކާގެ ކުންފުންޏެއްކަމުގައިވާ ހޭކަބް ކުންފުންޏާ ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސ...

31 Jul 2018 | 09:17

ރާއްޖޭގެ 20 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ސްރީލަންކާގެ ކުންފުންޏެއްކަމުގައިވާ ހޭކަބް ކުންފުންޏާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލައްމާނެވެ. ސްރީލަންކާގެ ހޭކަބް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރަޖިތާ ކަރިޔަވަސަން އެވެ. އިންތިޚާބު ބޭއްވުމަށް ދެ މަސްދުވަހަށްވުރެ ކުޑަތަން ވެފައިވަނިކޮށް ސޮއިކުރެވިގެން މިދިޔަ އެއްބަސްވުމުގެ ދަށުން ރައީސް ޔާމީންގެ ވެރިކަމުގައި ނަރުދަމާ ނިޒާމު ގާއިމްކުރެވޭ ރަށްރަށުގެ އަދަދު 83 ށް އަރާނެއެވެ.

މިއެއްބަސް ވުމުގެ ދަށުން އަލަށް ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ރަށްރަށަކީ:

ހއ އަތޮޅު : މާރަންދޫ ، ވަށަފަރު

ހދ އަތޮޅު : ފިނޭ ، ވައިކަރަދޫ

ށ. އަތޮޅު : ފޯކައިދޫ

ނ.އަތޮޅު : މާފަރު ، ޅޮހީ

ރ. އަތޮޅު : ކިނޮޅަސް

ބ. އަތޮޅު : ކަމަދޫ ، މާޅޮސް ، ގޮއިދޫ

ޅ. އަތޮޅު : އޮޅުވެލިފުށި

ކ. އަތޮޅު: ގުޅި

އއ. އަތޮޅު : މަތިވެރި ، ފެރިދޫ

އދ. އަތޮޅު : ދިގުރަށް

ވ. އަތޮޅު : ކެޔޮދޫ

ތ. އަތޮޅު : ހިރިލަންދޫ

ގއ. އަތޮޅު : ދެއްވަދޫ

ގދ. އަތޮޅު : ހޯނޑެއްދޫ

މި މަޝްރޫޢުގެ މަސައްކަތް ދޮޅު އަހަރު ތެރޭގައި ނިންމަންޖެހޭނެކަމަށް ފެނަކައިން ބުނެއެވެ. މި މަޝްރޫއަކީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ފެނަކައިގެ ދަށުން ކުރިއަށްދާނެ މަޝްރޫއެއް ކަމަށާއި އެމަޝްރޫއު ނިމުމުން އެނިޒާމު ހިންގާ ބަލަހައްޓާނީ ވެސް ފެނަކައިން ކަމަށް ފެނަކައިގެ އެކްޓިންގ މެނޭގިންގ ޑިރެކްޓަރ މުހައްމަދު ލައްމާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން މިހާތަނަށް 22 ރަށެއްގެ ނަރުދަމާ ނިޒާމް ވަނީ ނިންމާފައެވެ. އާބާދީގެ 75 އިންސައްތަ އަށް ނަރުދަމާ ނިޒާމްގެ ޚިދުމަތް ދޭނެކަމަށް ވެފައިވާ ވައުދު މިހާރު ފުދިފައިވާކަމަށާއި މި 20 ރަށުގެ ނަރުދަމާއަކީ އޭގެ ބޭރުން ކުރެވެމުންދާ މަސައްކަތް ކަމަށް މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓާރ ތާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް