އިންތިޚާބާ ބެހޭ މަރުކަޒުން ފޯމު ބަލައިގަންނަ ވަގުތުތަކަށް ބަދަލު ގެނެސްފި

ޖުލައި 30 ން ފެށިގެން އިންތިޚާބާ ބެހޭ މަރުކަޒު ކަމަށްވާ ބާ ޖަމާލުއްދީނުން ފޯމު ބަލައިގަންނަ ވަގުތުތަކަށް ބަދަލުގެނެސްފިއެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަށްޓަކައި ރީ – ރަޖިސްޓްރީ ކުރުމ...

31 Jul 2018 | 08:10

ޖުލައި 30 ން ފެށިގެން އިންތިޚާބާ ބެހޭ މަރުކަޒު ކަމަށްވާ ބާ ޖަމާލުއްދީނުން ފޯމު ބަލައިގަންނަ ވަގުތުތަކަށް ބަދަލުގެނެސްފިއެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަށްޓަކައި ރީ – ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 08:30 ން ހަވީރު 05:00 އަށެވެ.

ރަސްމީ ބަންދު ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ހެދުނު 9.30 އިން ހަވީރު 05:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށްކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލުމަށް ބޭނުންވާނަމަ ރީ-ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. ރީ-ރަޖިސްޓްރީ ކުރުން އޮގަސްޓް މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ދާނެއެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް