ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް މުޙައްމަދު ސަލީމް މިއަދު ޢައްޔަންކުރައްވައިފިއެވެ. މިމަޤާމަށް މުޙައްމަދު ސަލީމް ޢައްޔަން ކުރައްވާފައި ވ...

31 Jul 2018 | 07:52

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް މުޙައްމަދު ސަލީމް މިއަދު ޢައްޔަންކުރައްވައިފިއެވެ.

މިމަޤާމަށް މުޙައްމަދު ސަލީމް ޢައްޔަން ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، މުޙައްމަދު ސަލީމްއާ ޙަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިލިޔުން ޙަވާލުކުރެއްވުމުގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފްގެ ކުރިފުޅުމަތީގައި މުޙައްމަދު ސަލީމް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުގެ ޤާނޫނީ ހުވާ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް