މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ސީސީޓީވީ ކެމެރާ ދަނޑިތަކުގައި އާއި ކެމެރާގެ މަންޒަރު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން ކެމްޕެއިން ދިދައާއި ބެނާ ދަމަމުން ދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާގުޅިގެން ފުލުހުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ މިކަމުގެ ސަބަބުން ފުލުހުން މާލޭގެ ސެކިޔުރިޓީ ކަންކަން ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅި، ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ.
އެހެންކަމުން މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ނުބުހެއްޓުމަށް ފުލުހުން އިލްތިމާސްކުރާކަމަށް މިބަޔާނުގައި ވެއެވެ.
ކޮންމެ އިންތިޚާބަކާ ދިމާކޮށް މާލެއާއި އަތޮޅުތަކުގައި ކެމްޕެއިން ދިދަ އާއި ބެނަރ ހަރުކުރަމުން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް