އޭޑީކޭ ހޮސްޕިޓަލުން ވެކްސިން ދިނުމުގެ ހިދުމަތް އަލުން ފަށައިފި

އޭޑިކޭ ހޮސްޕިޓަލުން ވެކްސިން އަލުން ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ފަށައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން ހޮސްޕިޓަލަށް ޒިޔާރަތްކޮށްގެން ހޯދަން ޖެހޭ ހު...

31 May 2020 | 08:33

އޭޑިކޭ ހޮސްޕިޓަލުން ވެކްސިން އަލުން ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ފަށައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން ހޮސްޕިޓަލަށް ޒިޔާރަތްކޮށްގެން ހޯދަން ޖެހޭ ހުރިހާ ހިދުމަތެއްހެއް އެ ހޮސްޕިޓަލުން އޮތީ މެދުކަނޑާލާފައި އެވެ. ސްޕެޝަލިސްޓުންނަށާއި ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކުން ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުން ހޮސްޕިޓަލަށް ފަރުވާއަށް ދާންޖެހޭ މީހެއް ނަމަ އިންތިޒާމް ހަމަޖައްސަމުން ގޮސްފައިވަނީ އެ ހޮސްޕިޓަލުންނެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނީ މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކު ދެ ދުވަހު ވެކްސިން ދިނުމުގެ ހިދުމަތް އެ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި ބުދަ ދުވަހު ހެނދުނު 10:00 ން މެންދުރު ފަހު 2:00 އަށް ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ދޭނެ ކަމަށެވެ.

މި ހިދުމަތް ދޭން ނިންމާފައިވަނީ ދުރާލާ ގުޅައިގެން އެޕޮއިންޓްމެންޓު ހައްދާ ފަރާތްތަކަށެވެ. އެޕޮއިންޓްމެންޓު ހައްދަން ގުޅަން ޖެހެނީ ހޮޓްލައިން ނަމްބަރު1440 އަށެވެ.

ގައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިންތައް އެ ހޮސްޕިޓަލުން ހިލޭ ޖަހައިދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް