ދޮޅު މަސް ފަހުން ނަރުދޫ މޮނިޓަރިންއިން ނަގައި އާންމު ހާލަތަށް!

މާލެ ފިޔަވާ އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވި ށ. ނަރުދޫ މޮނިޓަރިންއިން ނަގައި އާންމު ހާލަތަށް ގެނެސްފި އެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ15 ވަނަ ދުވަހު ނަރުދޫއާ މާލެއާ...

30 May 2020 | 20:45

މާލެ ފިޔަވާ އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވި ށ. ނަރުދޫ މޮނިޓަރިންއިން ނަގައި އާންމު ހާލަތަށް ގެނެސްފި އެވެ.

އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ15 ވަނަ ދުވަހު ނަރުދޫއާ މާލެއާއި ދެމެދު ދަތުރު ކުރާ "އަމާޒު" ބޯޓުގެ ކެޕްޓަން ކޯވިޑަށް ޕޮސިޓިވްވުމާއި ގުޅިގެންނެވެ. އޭނާ އާއި ގުޅުން ހުރި އިތުރު 10 މީހަކު އެ ރަށުން ޕޮސިޓިވްވި އެވެ.

އެހެންވެ އެޗްޕީއޭއިން ވަނީ އޭގެ ހަތަރު ވަރަކަށް ދުވަސް ފަހުން ނަރުދޫއަކީ ކޮވިޑް-19 ގައިން ގަޔަށް އަރަމުންދާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި އެވެ. އެއާ އެރަށުން 100 އަށްވުރެ ގިނަ ސާމްޕަލް އެކި ފަހަރުމަތިން ނަގައި ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ.

އެކަމަކު އިތުރު އެއްވެސް މީހަކު ބައްޔަށް ޕޮސިޓިިވްވެފައިއެއް ނުވެ އެވެ. އަދި އެ ރަށުން ބައްޔަށް ޕޮސިޓިވްވި މީހުންވެސް މިިހާރު ވަނީ ރަނގަޅުވެފައި އެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތު ބަދަލުވަމުން އަންނާތީ ސަރުކާރުން ދަނީ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ.

އެގޮތުން އިއްޔެއިން ފެށީގެން14 ދުވަހަށް ބެލުމަށް ފަހު ނަރުދޫގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭނެ އެވެ. އަދި ގިނަ ބަޔަކު އެއްވެގެން ނުކުޅޭ ކުޅިވަރުތައްވެސް ކުޅުމުގެ ހުއްދަވެސް ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް