ތަންތަނުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެފަދަ ފާމްތަކާއި ފުލުހުން މަޝްވަރާ ކޮށްފި

ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަ ކުރުމާއި ގުޅޭގޮތުން އެތަންތަނުގެ ވެރިންނާއެކު ފުލުހުން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އެގޮތުން އިއްޔެ ބޭއްވި މ...

31 May 2019 | 17:18

ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަ ކުރުމާއި ގުޅޭގޮތުން އެތަންތަނުގެ ވެރިންނާއެކު ފުލުހުން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެގޮތުން އިއްޔެ ބޭއްވި މިބައްދަލުވުމުގައި، ސެކިއުރިޓީ ފަރމްތަކާއިގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވެފަހުރި ކަންތައްތަކާއި، ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާއިރު ސަމާލުކަންދޭންވީ ކަންކަމާއިގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

އަދި ސެކިއުރިޓީންގެ މަސައްކަތް ހަރުދަނާކުރުމަށް ސުޕަރވައިޒް ކޮށް މޮނިޓަރ ކުރުން ހަރުދަނާކުރާނެ ގޮތްތަކާއި ކުށެއް ނުވަތަ ހާދިސާއެއް ހިނގުމުން އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ހިއްސާކޮށް އަދި ކުރިއަށް އޮތީ ފިޠުރު އީދު ބަންދުކަމުން ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާއިރު މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވެއެވެ.

މީގެއިތުރުން ސެކިއުރިޓީ ފަރމް ތަކުގެ ހުރި ކަންބޮޑުވުންތަކާއި، މަސައްކަތުގައި ދިމާވާ ދަތިތައް ހައްލުކުރުމުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ކަންކަން ހިއްސާކޮށް މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ދިމާވާ އެކި ކަންކަމުގައި ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންނާއި ގުޅޭނެ ނަންބަރު އެފަރާތްތަކާއި ހިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މިބައްދަލުވުމުގައި، މާފަންނު ޕޮލިހާއި ގަލޮޅު ޕޮލިހާއި އަދި ނެއިބަރހުޑް ސަޕޯޓު އޮފިސަރުންގެ އިސްބޭފުޅުންނާއި އަދި ސެކިއުރިޓީ ފަރމްތަކުގެ އިސްބޭފުޅުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް