އިންޑިއާގައި ހަ ގަޑިއިރު ވަންދެން ހުއްޓާނުލާ ޕަބްޖީ ކުޅުނު ކުއްޖަކު ހިތް ހުއްޓިގެން މަރުވެއްޖެ

އަވަށްޓެރި އިންޑިއާގައި ހުއްޓުމެއްނެތި ހަ ގަޑިއިރު ވަންދެން ޕަބްޖީ ކުޅުނު އުމުރުން 16 އަހަރުގެ ކުއްޖަކު ހިތް ހުއްޓިގެން މަރުވެއްޖެއެވެ. ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މަރުވެފައިވަ...

31 May 2019 | 17:13

އަވަށްޓެރި އިންޑިއާގައި ހުއްޓުމެއްނެތި ހަ ގަޑިއިރު ވަންދެން ޕަބްޖީ ކުޅުނު އުމުރުން 16 އަހަރުގެ ކުއްޖަކު ހިތް ހުއްޓިގެން މަރުވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 16 އަހަރުގެ ފުރްޚާން ޤުރޭޝީ ނަމަކަށްކިޔާ ކުއްޖެކެވެ. އެ ކުއްޖާއަކީ މަދްޔަ ޕްރަދޭޝްގެ ނީމުޗް ޓައުނަށް ނިސްބަތްވާ، ގްރޭޑް 12ގައި ކިޔަވަމުން އަންނަ ކުއްޖެކެވެ.

ފުރްޚާންގެ އާއިލާއާއި ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ފުރްޚާން އެ ގޭމު ކުޅެން ފެއްޓީ މެންދުރު ކައިގެންނެވެ. އެކަމެއް ހިނގީ ރޭގަނޑު 07:00 ހާއިރުގައެވެ.

އެ ހާދިސާ ހިނގި އިރު ފުރްޚާންގެ ގާތުގައި އިން އޭނާގެ ދައްކަ ބުނެފައިވާގޮތުގައި ގޭމަކުން ބަލިވުމުން އޭނާގެ ރަހުމަތްތެރިއަކަށް ވަރަށް ގަދައަށް ބެވިއެވެ. އަދި ބަލިވީ އެ ރަހްމަތްތެރިޔާއާއި ހެދިކަމަށާއި ދެން އެ ރަހްމަތްތެރިޔާއާއެކު އިތުރަށް ނުކުޅޭނެ ކަމަށްބުނެ ފޯނާއި ހެޑްސެޓް ހޫރާލި ކަމަށާއި އަދި އެއާއެކު ފުރްޚާންވެސް ބިންމައްޗަށް ވެއްޓުނީ ކަމަށް ބުނެފައިވެއެވެ.

ހޮސްޕިޓަލަށް ގެންގޮސް ފަރުވަ ދެމުން ދަނިކޮށް އެކުއްޖާ މަރުވީ ކަމަށްވެސް އާއިލާއާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. އަދި މަރުވުމުގެ ސަބަބަކީ ހިތް ހުއްޓުން ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް