ކާށިދޫ ގެއަކުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

ކ. ކާށިދޫ ގެއަކުން ވައްކަންކުރި މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އެ ރަށު ގެއަކުން ވައްކަންކުރިކަން ރިޕޯޓްކޮށްފައިވަނީ މި މަހުގެ 2...

31 May 2019 | 17:07

ކ. ކާށިދޫ ގެއަކުން ވައްކަންކުރި މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ރަށު ގެއަކުން ވައްކަންކުރިކަން ރިޕޯޓްކޮށްފައިވަނީ މި މަހުގެ 25 ވީ ހޮނިހިރު ދުވަހުގެ ރޭ 8:00 ހާއިރުގައެވެ.

އެ މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން އުމުރުން 30 އަހަރުގެ މީހަކު ހައްޔަރުކުރީ އިއްޔެ ކަމަށް ފުލުހުން ބުނެއެވެ. އަދި ވަގަށްނަގާފައިވާ ލެޕްޓޮޕަކާއި ޓެބްލެޓެއް ފުލުހުން ހޯދާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރު ކުރި މީހާގެ ބަންދަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް