އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެޕޯލޯ ނަމަކަށްކިޔާ ފިހާރައެއް ފަޅާލައި އެ ފިހާރައިގެ ތިޖޫރި ވަގަށް ނަގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފިހާރައިގެ ތަޅު ހަލާކުކޮށްލައިގެން ފިހާރައިގެ އޮފީސް ތެރެއަށްވަދެ ވަގަށް ނެގި އެ ތިޖޫރީގައި 1200 ޑޮލަރާއި 27704 ރުފިޔާ ހުންނާނެ ކަމަށް ފިހާރައާއި ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ތިޖޫރި ވަގަށް ނަގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހެނދުނު 06:22 ހާއިރުގައެވެ.
އިތުރަށް ބުނެފައިވަނީ ފުލުހުން ކުރި މަސައްކަތުން އެ ތިޖޫރި މިހާރު ފެނިފައިވާކަމަށާއި ނަމަވެސް ފެނުނު އިރު އޭގައި އެއްވެސް ފައިސާއެއް ނެތްކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް