މާމެންދޫ ފެނު އަޑީގައި، ކަރަންޓެއްވެސް ނެތް

މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރަމުންމިދާ ވިއްސާރައިގާ ލ. މާމެންދޫ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އަދި ވިއްސާރައިގެ ސަބަބުން އެ ރަށުން ވަނީ ކަރަންޓުވެސް ކެނޑިފައެވެ. ދުވަ...

30 May 2019 | 19:56

މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރަމުންމިދާ ވިއްސާރައިގާ ލ. މާމެންދޫ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އަދި ވިއްސާރައިގެ ސަބަބުން އެ ރަށުން ވަނީ ކަރަންޓުވެސް ކެނޑިފައެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުލްމުހްސިން މުހައްމަދު ވިދާޅުވީ މިރޭ އިރު އޮއްސުނު ވަގުތުން ފެށިގެން ހުއްޓުމެއްނެތި ވެހެމުން އަންނަ ވާރޭގެ ސަބަބުން ގިނަ ގެތަކަކަށް ގެއްލުންލިބި ރަށުން ކަރަންޓުވެސް ކަނޑާލަން ޖެހިފައިވާކަމަށެވެ.

"ގާތްގަނޑަކަށް 200އެއްހާ ގެއަށް ފެން ވަދެއްޖެ، 50 ނޫނީ 60 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި ގިނަ ގޭގޭގެ މީހުން އެހެން ގޭގެއަށްވެސް ވަނީ ބަދަލުކޮށްފައި" ކައުންސިލް ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެން ހުރީ އެއް ފޫޓު ނޫނީ ދޮޅު ފޫޓަށްވުރެ އުހަށް ކަމުން އިންޖީނުގޭގެ ޕެނަލް ބޯޑާއި ހަމައަށްވެސް އަދި ރަށުގައި ބޭނުންކުރަމުން އަންނަ ކަރަންޓު ބޯޑުތަކާއި ހަމައަށްވެސް ފެނުގެ އަސަރުކޮށްފައިވާކަމަށެވެ. އަދި ފެން ހިންދުމަށް ރަށުގެ ރައްޔިތުން ނިކުމެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ވިއްސާރައިގާ މާމެންދޫގެ އިތުރުން ދެކުނުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެ ގިނަ ގެތަކަކަށް ފެން ވަދެފައިވެއެވެ. އެގޮތުން ލ. ކުނަހަންދޫ، ގަން، ފޮނަދޫ، މާމެންދޫ، މާވަށް އަދި ގއ އަތޮޅުން ވިލިނގިލި، ދާންދޫ، މާމެންދޫގެ ގިނަ ގެތަކަކަށް ފެން ވަދެފައިވެއެވެ.

ފުލުހުންނާއި ސިފައިންނާއި ރަށްރަށުގެ ކައުންސިލާއި އާއްމު ރައްޔިތުން ގުޅިގެން އަންނަނީ ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް