މިހާރު ރާއްޖެއަށް ކުރަމުންމިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގާ ދެކުނުގެ ގިނަ ރަށްތަކެއްގެ ގިނަ ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބެމުންއެބަދެއެވެ. ވިއްސާރަ ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން މިވަނީ ޔެލޯ އެލާޓްގެ ވަގުތު މިރޭ ފަތިހު 04:15 އާއި ހަމައަށް އިތުރުކޮށްފައެވެ.
ފެން ބޮޑުވެ ގެތަކަށް ފެންވަދެފައިވާ ރަށްތަކުގެ ތެރޭގައި ގދ. ތިނަދޫ، ލ. ގަން، ތ. މަޑިފުށ ތ. ދިޔަމިގިލި ލ. މާމެންދޫ ލ. ކުނަހަންދޫ އަދި ލ.ހިތަދޫ ހިމެނެއެވެ.
https://twitter.com/PoliceMv/status/1134159877125955584
ދެންމެ ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ މިރޭ 12:15 އާއި މިރޭ ފަތިހު 4:15 އާއި ދެމެދުގެ ވަގުތުތަކުގައި ވ. އަތޮޅުން ގދ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. މި ވަގުތުތަކުގައި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމުގައިވެސް ބުނެފައިވެއެވެ.
https://twitter.com/PoliceMv/status/1134157718384717824
ފުލުހުންނާއި އާންމުންނާއި އެ ރަށްރަށު ކައުންސިލުން ގުޅިގެން ގޭގެއަށް ފެންވަނުން މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިހާތަނަށް އެކި ރަށްރަށް ހިމެނޭހެން މިހާތަނަށް 300 އަށްވުރެ ގިނަ ގޭގެއަށް ވަނީ ފެން ވަދެފައެވެ.
https://twitter.com/PoliceMv/status/1134156394326908928
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް