އެމްޓީސީސީގެ ވަޒީފާ ލިބުނުތާ ހަ މަސް - ވައްކަމެއްގައި ހައްޔަރުކުރުމުން ބުނީ ރަނގަޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި 40 އަހަރުގެ ފިރިހެނަކު، އެމްޓީސީސީގެ ވަޒީފާގައި ހަ މަހެއްހާ ދުވަސް ވެފައިވާ ކަމަށާއި ރަނގަޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޯޓުގައި ބުނ...

31 Mar 2026 | 06:06
މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި 40 އަހަރުގެ ފިރިހެނަކު، އެމްޓީސީސީގެ ވަޒީފާގައި ހަ މަހެއްހާ ދުވަސް ވެފައިވާ ކަމަށާއި ރަނގަޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޯޓުގައި ބުނެފައިވާކަން ބަންދު އަމުރުން އެނގިއްޖެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، ހައްޔަރުކޮށްފައިވަނީ މއ. ވިނަރެސް، ޙުސައިން ޝިހާމް (40އ) އެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ވައްކަން ކުރުމުގެ ކުށެވެ. އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނީ ހަތް ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައެވެ.

އެ ކުށް މީނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅާފައިވެއެވެ. ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީއެވެ.

ބަންދު އަމުރުގައިވާ ގޮތުން، މި ތަކެތި ނެގިކަމަށް ޝިހާމް އިއްތިރާފުވެ، ނެގި ތަކެތި ފުލުހުންނަށް ރައްދުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ އަތުންނާއި ދިރިއުޅޭ ތަނުން ގެއްލުނު ކަމަށް ބެލެވޭ ޕްރިންޓަރެއް ފެނިފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ޝިހާމްގެ ކުށުގެ ރެކޯޑަށް ބަލާއިރު 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިތުރު ރެކޯޑެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް