ނ. މިލަދޫ އަލަމާގެ އަޙްމަދު ޢަބްދުލްހާދީ (43އ) -
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ނ. މިލަދޫ އަލަމާގެ އަޙްމަދު ޢަބްދުލްހާދީ (43އ) އުމުރަށް (25 އަހަރު) ޖަލަށް ލުމާ އެކު 100،000 (އެއް ލައްކަ) ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ހުކުމް އިއްވީ އިއްޔެ (މެއި 18) އެވެ. ޢަބްދުލްހާދީގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު (17/2011) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހެޅީ 2022 މާރިޗު ހަތަރު ވަނަ ދުވަހުއެވެ. ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ 2022 އެޕްރީލް 11 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މިއީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށާއި، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް