N/A
މަސްތުވާ ތަކެއްޗާއި ބަނގުރާގެ މައްސަލަތަކެއްގައި ހުޅުމާލެ ފޭސް 1 އިން ތިން މީހުން ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހައްޔަރު ކޮށްފައި ވަނީ އިންޑިއާ ރައްޔިތެއް ކަމަށް ވާ މަރިޔައްޕަން ގަނެޝަން (39އ) އާއި ނ. ކެނދިކުޅުދޫ / ކުޅުދޫ. ގުލްފާމްގެ އިބްތިޝާމް ޢަލީ (27އ) އާއި ސ. ހިތަދޫ / ދެކުލައަރާގެ އިބްރާހީމް މަޢުޞޫމް (54އ) އެވެ.
ފުލުހުން ބުނީ އިބްތިޝާމް އާއި މަޢުޞޫމް ހައްޔަރު ކުރީ މެއި 18 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ޕެޓްރޯލު ކުރަމުން ދިޔައިރު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސް ކޮށްގެން ކަމަށެވެ. ހުޅުމާލޭ ނިރޮޅުމަގުން އިބްތިޝާމް ހުއްޓުވައި ބަލައިފާސް ކުރި އިރު މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 39 ރަބަރު ޕެކެޓު ފެނިފައި ވެއެވެ. ސްޓެލްކޯ ކައިރިން މަޢުޞޫމް ހުއްޓުވައި ބަލައިފާސް ކުރި އިރު މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައި ވެއެވެ. ދެ މީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މަރިޔައްޕަން ގަނެޝަން ހައްޔަރު ކުރީ ޤާނޫނާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މެއި 17 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފިތުރޯނުމަގުންނެވެ. ބަލައިފާސް ކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 10 ފުޅި ފެނިފައި ވެއެވެ. އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ފަހު މަރިޔައްޕަން ވަނީ ޑީޕޯޓް ކުރުމަށް އިމިގްރޭޝަނާ ހަވާލު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް