18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓު އަތުލައިގެންފި - އަދި މީހަކު ހައްޔަރެއް ނުކުރޭ

ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުން ދިޔަ ދުންފަތާއި ސިނގިރޭޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، އެ ތަކެތި ހޯދީ ޤާނޫނާއި ޤަވ...

14 May 2026 | 06:11
އަތުލައިގަތް ބައެއް ސިނގިރޭޓު - ފޮޓޯ: ޕޮލިސް

އަތުލައިގަތް ބައެއް ސިނގިރޭޓު - ފޮޓޯ: ޕޮލިސް

ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުން ދިޔަ ދުންފަތާއި ސިނގިރޭޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ ތަކެތި ހޯދީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެކި ބުރޭންޑުތަކުގެ ސިނގިރޭޓު ރާއްޖެ އެތެރެކޮށް ވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަންގައި، މާލޭ ގަލޮޅު ގެ އަކާއި، ހުޅުމާލެ ފޭސް ދޭއް އަމާން ދޯދި އެޕާޓްމަންޓަކާއި، ވޭނެއް ބަލައި ފާސްކޮށް 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވެއެވެ. މި މައްސަލާގައި ހިމެނޭ ވޭން ޓޯ ކޮށްފައި ވެއެވެ.

މި މައްސަލާ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުން ކަމަށް ވެސް ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް