ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މުޒާހަރާ ކުރުމަށް ފުރުސަތު ނުދޭނަން: ފުލުހުން

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި އެއްވެސް ސިފައެއްގައި މުޒާހަރާ ކުރުމަށް ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގ...

31 Mar 2020 | 13:17

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި އެއްވެސް ސިފައެއްގައި މުޒާހަރާ ކުރުމަށް ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި ގުޅިގެންނެވެ. މި ހާލަތު އިއުލާނުކޮށްފައިވަނީ މިމަހުގެ12 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށެވެ.

މުޒާހަރާ ކުރުމުގެ ފުރުސަތު ނެތް ކަމަށް ފުލުހުން ބުނެފައި މިވަނީ ބައެއް ސަފާރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މުޒާހަރާ ކުރަމުންދާތީ އެވެ. ފުލުހުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި އެއްވެސް ސިފައެއްގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ނިންމީ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނުގެ33 ވަނަ މާއްދާގެ އ ގެ ހަތަރުވަނަ ނަމްބަރާއި، އެ ގާނޫނޫގެ39 ވަނަ މާއްދާގެ ދަށުންނެވެ.

ފުލުހުން ބުނީ މި ދަނޑިވަޅުގައި އެންމެންގެ ރައްކާތެރި ކަމަށްޓަކައި ހުރިހާ އެންމެން ގާނޫނުގެ ތެރެއިން އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް