ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހިގެން ރާއްޖެ ޓީވީ ޖޫރިމަނާ ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮއްފިއެވެ.
ރާއްޖެ ޓީވީ އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލައި ގެޒެޓްކޮށްފައިވާ ޖޫރިމަނާ ކުރުމުގެ އުސޫލާ އެއްގޮތަށްކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އަދި އެ ނިންމުން ބާތިލު ކުރެވެން ނެތް ކަމަށް އެ ހުކުމްގައި ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް