އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަ ޖެހިފައިވާ މަޖިލިސް އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރި އިރު ލިސްޓްގައި ނަން ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލަ ތަކުގެ އަޑުއެހުންތައް މާދަމާ ފަށަން ހައި ކޯޓުގައި ތާވަލު ކޮއްފިއެވެ.
މި ކަމުގައި ހަތް މައްސަލައެއްވަނީ ހައިކޯޓަށް ހުށަހަޅާފައެވެ. ވަކި ވަކި ހަތް މީހުން މައްސަލަ ހުށަހަޅާފައިވާއިރު މި ހަތް މީހުންނަކީ ވެސް ތިމަރަފުށީ ދާއިރާއަށް ވޯޓު ލެވޭ ހަތް މީހުންނެވެ.
މި މައްސަލަ މާދަމާ 14:00 އަށް ހައިކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ފައިނަލް ލިސްޓް އީސީން މިހާރު ވަނީ އާންމުކޮށްފަ އެވެ. އަދި މިހާރު 99 އިންސައްތަ ތައްޔާރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް