އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ދިޔަ މެރެތަންގެ ފުލް މެރަތަން ކެޓަގަރީގެ އެއް ވަނަ، ރާއްޖޭގެ ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު) ހޯދައިފި އެވެ.
އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ދިޔަ ހިންދުސްތާން މެރަތަންގައި ނަސްރު ސާޅިސް ދެ ކިލޯ މީޓަރު ނިންމާފައިވަނީ ތިން ގަޑިއިރު 29 މިނަޓު މެދު ކެނޑުމެއް ނެތި ދުވެގެންނެވެ.
މި މެރެތަން ކުރިއަށް ދިޔަ އިރު ދިއްލީގައި މިއަދުގެ ފިނިހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި މި މެރެތަންގައި ގިނަ އިރު ވަންދެން ދުވެފައި ވާއިރު، އޭނާ ބުނެފައިވަނީ ކުރިން ވެސް ހޫނަށް ތައްޔާރުވެފައިވާ ކަމަށެވެ.
ވަރުގަދަ އެތުލީޓުން މި ރޭހުގައި ދުވެފައި ވާ ކަމަށާއި، ހޫނަށް ކެތްނުކުރެވިގެން ހުއްޓާލީ ކަމަށް ނަސްރު ބުނެފައިވެއެވެ. އަދި ނަސްރުގެ ކާމިޔާބީގެ ސިއްރަކީ ހޫނުގައި ޓްރެއިނިންގް ހަދާފައިވުން ކަމަށް ވެސް އޭނާ ބުންޏެވެ.
ނަސްރު އަކީ ކޮކަކޯލާ ކުންފުނީގެ ރާއްޖެއިން ހަމަޖައްސާފައިވާ ބްރޭންޑް އެމްބެސަޑަރެވެ. އަދި އޭނާ އަކީ ރާއްޖެއިން މިހާތަނަށް އެންމެ ގިނަ މެރަތަން ފުރިހަމަ ކުރި ދުވުންތެރިޔާ އެވެ. އެގޮތުން މިހާތަނަށް 42 މެރަތަން ފުރިހަމަ ކޮށްފައިވާ ނަސްރު މިއަހަރަށް ވަނީ އިތުރު 30 މެރަތަން ދުވުމަށް އަމާޒު ކަނޑަ އަޅައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް