އިނގުރައިދޫ ދާއިރާއަށް އުފާވެރިކަން ގެނެސްދިނުމަށް ކެންޑިޑޭޓު ނަމްބަރު ފަހަކަށް ވޯޓުދެއްވާ!

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވަން ޖެހޭނީ ރަގަޅު، ތައުލީމީ، އިހުލާސްތެރި އަދި ގާބިލް މީހުންނެވެ. މިއީ އިނގުރައިދޫ ދާއިރާއަށް އަދާލަތު ޕާޓީން ވާދަކުރާ ކެންޑިޑޭޓު، އަހުމަދު ހުސައިންގެ ވިސްނުމެވެ....

31 Mar 2019 | 10:38

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވަން ޖެހޭނީ ރަގަޅު، ތައުލީމީ، އިހުލާސްތެރި އަދި ގާބިލް މީހުންނެވެ. މިއީ އިނގުރައިދޫ ދާއިރާއަށް އަދާލަތު ޕާޓީން ވާދަކުރާ ކެންޑިޑޭޓު، އަހުމަދު ހުސައިންގެ ވިސްނުމެވެ. ދާއިރާއާއި މެދުގައި އަހުމަދުގެ ހުވަފެންތައް ވަރަށް ފޮންޏެވެ. ކުރާ އުންމީދުތައް ވަރަށް ގިނައެވެ. އަހުމަދުގެ މި އުންމީދުތަކުގައި ކުލަޖެހޭނީ ވީހާވެސް ގިނަބަޔަކު އަހުމަދަށް ވޯޓު ލައިގެންނެވެ.

އަހުމަދު ދެކޭގޮތުގައި، މަޖިލިސް މެމްބަރުންގެ އިމްތިޔާޒްތަކާއި އިނާޔަތްތަކުގެ ވާހަކަ ދައްކަން ޖެހެއެވެ. ނުހައްގުން ލިބޭ މުއްސަނދިކަމަކީ ވަރަށް ގާތުން ބަލަން ޖެހޭ ކަންކަމެވެ. މިކަންކަން ބެލޭނީ ކަމަށް ގާބިލު މެމްބަރުންތަކެއް މަޖިލީހަށް ހޮވައިގެންނެވެ. އަހުމަދު ދެކޭގޮތުގައި އިނގުރައިދޫ ދާއިރާއަށް ކުރިމަތިލައިފައި ތިބި ބޭފުޅުންގެ ތެރެއިން އެންމެ ގާބިލު ބޭފުޅަކީ އަހުމަދެވެ.

އަހުމަދު ހޮވިއްޖެނަމަ ދާއިރާގެ ރައްޔިތުންނަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކޮށްދޭނެކަން ދާއިރާގެ ގިނަ ރައްޔިތުންތަކެއް ގަބޫލުކުރެއެވެ. އިނގުރައިދޫ ދާއިރާއަށް އުފަން އަހުމަދު ދެކޭ ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތުތަކެއް އެކުލެވޭ ގާނޫނެއް އޮތުމަކީ ވަރަށް މުހިއްމުކަމެކެވެ. މަޖިލީހަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ގާނޫނެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ފާސްކުރެވޭތޯ ބެލުމަކީ އަހުމަދުގެ އަމާޒެކެވެ. އަހުމަދު ދެކޭގޮތުގައި މިހިނގާ ވައްކަމާއި، ކޮރަޕްޝަނާއި ފަސާދަތައް އުފެދިގެން އަންނަނީ މަޖިލީހުގެ ތަޅުމުންނެވެ. އެހެންކަމުން މި ކަންކަން ނައްތާލެވޭނީ ކަމަށް ގާބިލް، ރަގަޅު، ތައުލީމީ އަދި އިހުލާސްތެރި މެމްބަރުންތަކެއް ހޮވައިގެންނެވެ.

ސަރުކާރު ޖަވާބުދާރީ ކުރުމާއި، ކޮރަޕްޝަނާއި ފަސާދަ ނައްތާލުމާއި، ގައުމުގައި ހުރި ކަންބޮޑުވުންތައް ނައްތާލުމުގެ ހައްގު ރައްޔިތުންނަށް ލިބިގެންވާކަން އަހުމަދު ގަބޫލުކުރެއެވެ. ރައްޔިތުން މި ކަންކަމާ ވިސްނާ ފިކުރުކުރުމަށްފަހު އިހުލާސްތެރި ތެދުވެރިޔަކަށް ވޯޓުލުމުން، ރައްޔިތުންނަށް ލިބިގެންވި ހައްގު އަދާކުރެވުނީކަމަށް އަހުމަދަށް ގަބޫލުކުރެވެއެވެ.

ނުކުޅެދޭ މީހުންނަށް ލިބޭ އިނާޔަތްތައް 2000ން 5000އަށް ބޮޑުކުރުމުގެ މަސައްކަތަކީ މަޖިލީހަށް ހޮވިއްޖެނަމަ އަހުމަދު ކުރާނެ ކަމެކެވެ. މީގެ އިތުރުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިންނަށްވެސް އަހުމަދުގެ ފަރާތުން އުފާވެރި ހަބަރެއް އެބައޮތެވެ. ބޮޑު ކަންނެލީގެ މަސްވެރިންނަށް މަސްކިރޭނެ އެންމެ ކުޑަ އަގު ކަށަވަރުކޮށްދެވޭތޯ ގާނޫނުގެ ތެރެއިން އަހުމަދު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންދެއެވެ.

އަހުމަދަކީ ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް ވަރަށް ގާތުން ދެކޭ މީހެކެވެ. ކެމްޕޭނުގެ ތެރެއިން އަހުމަދަށް ދާއިރާގެ ގިނަ ގޭގެއަށް ޒިއާރަތް ކުރެވިއްޖެއެވެ. ގިނަ ރައްޔިތުންތަކަކާ ބައްދަލުކުރެވިއްޖެއެވެ. އެހެންކަމުން ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން މިހާރު އަހުމަދަށް އިހުސާސްކުރެވޭކަމަށް އަހުމަދު ދެކެއެވެ. ދާއިރާގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމަކަށް ކެންޑިޑޭޓު ނަމްބަރު 5ށް ވޯޓުލުމަކީ އަހުމަދުގެ ވަރަށް ބޮޑު އެދުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް