ޔާމީން ގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކުރި އަމުރު ބާތިލު ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ. އެ އެކައުންޓްތައް ފްރީޒް ކުރުމަށް ހުކުމް ކުރީ އެމްއެމްޕީއާ...

31 Mar 2019 | 09:24

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.

އެ އެކައުންޓްތައް ފްރީޒް ކުރުމަށް ހުކުމް ކުރީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ވަންކަމަށް ތުހުމަތު ކުރުމުންނެވެ.

މި މައްސަލައިގެ ޝަރީއަތް ބާއްވާފައިވަނީ މިއަދު މެންދުރު 14:00 ގައެވެ. އަދި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ނިންމަވާފައިވަނީ ރައީސް ޔާމިންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ޖިނާއީ އިޖުރާތުގެ ޤާނޫނާ ޚިލާފަށް ކަމަށެވެ. އެގޮތުން އެ އަމުރު ވަނީ ބާތިލް ކޮއްފައެވެ.

މަނީ ލޯންޑްރިންގެ ތުހުމަތުތަކާ ގުޅިގެން ފްރީޒުކޮށްފައި ވަނީ ޔާމީންގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގައި ވާ އެކައުންޓުތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް