ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މާލީ ދާއިރާ އަށް ހޭލުންތެރިކުރުމުގެ ގޮތުން ' މާލީ ބަހުސް' ގެ ނަމުގައި ބަހުސްއެއް ބާއްވައިފިއެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި، ދިވެހި ބަހުގެ އެކަޑަމީ އާއި ގުޅިގެން ބޭއްވި މި ބަހުސްގައި ވާހަކަދެއްކި ދެ ޓީމް އެކުލަވާލާފައި ވަނީ ދިވެހި ބަހުގެ އެކަޑަމީންނެވެ.
އެމްއެމްއޭގައި ރޭގައި ބޭއްވި މި ބަހުސްގެ މައުޟޫ އަކީ 'ދިވެހި މުޖްތަމައުގައި ފަހަށް ރައްކާކުރުމުގެ ސަގާފަތް ދިރުވަން އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ މައިންބަފައިންނާއި މުދައްރިސުންނަށް' މިއެވެ.
މި ބަހުސްގެ ޝަރަފުވެރިމެހުމަނަކީ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު އެވެ. މި ބަހުސް ބައްލަވާލެއްވުމަށް މާލީ ދާއިރާގެ އިސްބޭފުޅުންނާއި ބައެއް ދަރިވަރުން ހާޒިރުވިއެވެ.
ގްލޯބަލް މަނީވީކް ފާހަގަކުރުމުގެ ގޮތުން އެމްއެމްއޭއިން ވަނީ މުޅި ރާއްޖެ ޝާމިލްވާގޮތުގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގްލޯބަލް މަނީވީކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާ އާއި ގުޅުންހުރިކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ޚާއްސަކުރާ ހަފްތާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް