ކުރީގެ ރައީސް ޔާމީންގެ ނިމިދިޔަ ވެރިކަމުގައި ބޯހިޔާވަހިކަމަށް ބޮޑު ހިޔާނާތަކުން ހިޔާނާތްތެރިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅިވެއްޖެއެވެ.
ހއ. ހޯރަފުށީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ރައްޔިތުންނަށްވި އެންމެ ބޮޑު ހިޔާނާތަކީ ބޯހިޔާވަހިކަމެވެ. އަދި ރައްޔިތުން އެންމެ ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ޔާމީންގެ ސަރުކާރުގައި، ރައްޔިތުންގެ ނަމުގައި ބޮޑެތި އިންޓަރެސްޓްތައް ދައްކާ ގޮތަށް ލޯނުތައް ނަގައިގެން ފްލެޓްތައް އަޅާ، ބޭނުން ބަޔަކަށް އެ ތަންތަން ބަހާ ނިންމާފައިވާ ކަމަށެވެ. ސަރުކާރުން މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މާލޭގެ އިތުރުން ރަށްރަށުގައިވެސް ބޯހިޔާވަހިކަމަށް ދަތިވެފައިވާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަންކަން ބަލާ، ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެންމެހާ ރައްޔިތުންނަށް ބޯހިޔާވަހިކަން މި ސަރުކާރުން ފޯރުކޮށްދޭނެކަމަށްވެސް ރައީސް ވަނީ ވައުދެވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް