ރާއްޖޭގެ ތިން ރަށެއްގައި ޔޫތް އެންޓަރޕްރަނާސް ފޯރަމް ބާއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިންގެން ބާއްވާ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ޔޫތް އެންޓަރޕްރެނާރސް ފޯރަމް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވައިފިއެވެ. މި ފޯރަމ...

31 Mar 2019 | 07:30

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިންގެން ބާއްވާ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ޔޫތް އެންޓަރޕްރެނާރސް ފޯރަމް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވައިފިއެވެ.

މި ފޯރަމް ބާއްވާފައި ވަނީ ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައެވެ. އަތޮޅުތެރޭގައި މި ބޭއްވި ފޯރަމްތަކަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މި ފޯރަމްތަކުގައި ވަނީ އަމިއްލަ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ދީފައެވެ. އަދި ބިޒަނަސް ޕްލޭނެއް އެކުލަވާލާނެ ގޮތުގެ މައުލޫމާތާއި ރާއްޖޭގައި ވިޔަފާރިއަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ވަނީ ދީފައެވެ. މީގެ އިތުރުން ކާމިޔާބު ކަމާއިއެކު އަމިއްލަ ވިޔަފާރިއެއް ފަށައިގެން ކުރިއަށްގެންދާ ތަފާތު ތިން ފަރާތަކުން މި ތިން ރަށުގައި ފޯރަމްގެ ބައިވެރިންނަށް ވަނީ އެ ފަރާތްތަކަށް ދިމާވި ގޮންޖެހުންތަކާއި އެ ކަންތައް ހައްލުކުރާނެ ގޮތުގެ މައުލޫމާތު ދީފައިކަމަށްވެސް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ.

ގްލޯބަލް މަނީވީކް ފާހަގަކުރުމުގެ ގޮތުން އެމްއެމްއޭއިން ވަނީ މުޅި ރާއްޖެ ޝާމިލްވާގޮތުގައި ގިނަ ހަރަކާތްތަކެއް ރާވާފައެވެ.

ގްލޯބަލް މަނީވީކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާ އާއި ގުޅުންހުރިކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ޚާއްސަކުރާ ހަފްތާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް