ނާސާއިން ސްޕޭސްގައި ކުރަން ބޭނުންވާ އެކްސްޕެރިމެންޓަކަށް ދެ މަސްދުވަހު ނިދާނެ މީހުން ހޯދަން އިއުލާންކޮށްފިއެވެ.
ނާސާއިން ބުނީ، ބޭނުންވަނީ އުމުރުން 24 އާއި 55 އަހަރާއި ދެމެދުގެ 12 އަންހެނުންނާއި 12 ފިރިހިނުން ކަމަށެވެ.
ނާސާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސްޕޭސްގައި ނިދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، މި އެކްސްޕެރިމެންޓްގެ ބޭނުމަކީ އެތަނުގެ ގްރެވިޓީގެ ސަބަބުން އިންސާނާގެ ހަށިގަނޑު ފަންގްޝަން ކުރަނީ ކިހިނެއްތޯ ބެލުން ކަމަށެވެ. އަދި އެއްވެސް އަޑަކާއި، ނިދުމަކާއި ނުލާ އެސްޓްރޮނައުޓްއެއް ސްޕޭސްގައި އުޅޭނީ ކިހިނެއްތޯ ބެލުމުގެ ގޮތުންނެވެ.
މި ދިރާސާ ހެދުމުގެ ގޮތުން ނާސާއިން މިހާރު ވަނީ ޔޫރަޕިއަން ސްޕޭސް އެޖެންސީން ހާއްސަ ޓީމެއް އެކުލަވާލާފައެވެ.
ނާސާއިން ބުނީ މިވަޒީފާއަކީ ދެމަސްދުވަހުގެ ވަޒީފާއެއް ކަމަށެވެ. މުސާރައަކީ 12 ލައްކަ އެމެރިކާ ޑޮލަރެވެ. ގިނަ ވަގުތު ނިދަން ބޭނުންވާ މީހުންނަށް މިއީ ރަނުގެ ފުރުސަތެއް ކަމަށްވެސް ނާސާއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް