ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން 8 ކެންޑިޑޭޓެއްގެ މައްސަލަ ބަލަމުންދާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.
މި އަށް ކެންޑިޑޭޓުންގެ ތެރެއިން ދެ ކެނޑިޑޭޓެއްގެ މައްސަލަ ބަލާ ނިންމާފައި ވާކަމަށާއި، އެ ކެންޑިޑޭޓުންގެ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ. އަދި މަޖިލިސް އިންތިޚާބުގެ ކުރިން ބާކީ ތިބި ކެނޑިޑޭޓުންގެ މައްސަލަތައްވެސް ބަލައި ނިންމާނެކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
19 ވަނަ މަޖިލިސް އިންތިޚާބު އަންނަން މިހާރު މިވަނީ ހަފްތާއަކަށް ވެފައެވެ. މަޖިލިސް އިންތިހާބުގެ 87 ދާއިރާއަކަށް ޖުމްލަ 386 ކެންޑިޑޭޓުން ވާދަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް