ބަޔާން އެއްވަރުވުމުގެ ފައިދާ ނަގައި ޑޯޓްމަންޑް ތާވަލުގެ އެއްވަނައަށް

ބުންޑަސްލީގާގައި ރޭ ބަޔާން ފްރެއިބާރގްއާއި ބަޔާން މިޔުނިކް ބައްދަލު ކުރި މެޗު އެއްވަރު ވުމުގެ ފައިދާ ނަގައި ބްރޯސިއާ ޑޯޓްމަންޑް ތާވަލުގެ އެއްނަވައަށް ޖެހިލައިފިއެވެ. ޑޯޓްމަންޑް ތާވަލުގެ އެއްވަނަ ހޯދާފ...

31 Mar 2019 | 05:40

ބުންޑަސްލީގާގައި ރޭ ބަޔާން ފްރެއިބާރގްއާއި ބަޔާން މިޔުނިކް ބައްދަލު ކުރި މެޗު އެއްވަރު ވުމުގެ ފައިދާ ނަގައި ބްރޯސިއާ ޑޯޓްމަންޑް ތާވަލުގެ އެއްނަވައަށް ޖެހިލައިފިއެވެ.

ޑޯޓްމަންޑް ތާވަލުގެ އެއްވަނަ ހޯދާފައިވަނީ ވޮލްފްސްބާގްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންނެވެ. ޑޯޓްމަންޑް މެޗުގެ ދެ ލަނޑުވެސް ޖަހައިދީފައިވަނީ އިތުރު ވަގުތުގައި ފްރެންސިސްކޯ އަލަކާއެވެ.

ްޕްރެއިބާރގްއާއި ބަޔާން ބައްދަލުކުރި މެޗުގެ ނަތީޖާއަކީ 1-1 އެކެވެ. މި މެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ މެޗުގެ ތިންވަނަ މިނެޓުގައި ފްރެއިބާރގްގެ ލޫކަސް ހޯލައެވެ. ބަޔާންން އަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްލަދިން ގޯލް ޖަހާފައިވަނީ މެޗުގެ 22 ވަނަ މިނެޓުގައި ރޮބާރޓް ލެވަންޑޮސްކީއެވެ. މި މެޗުގައި ހަމޭސް ރޮޑްރިގޭޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ބުންޑަސްލީގާގެ ފޯރި ގަދަވެފައިވާއިރު ބަޔާން ދެން ބައްދަލު ކުރާނީ ޑޯޓްމަންޑާއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ތާވަލުގެ އެއްވަނަ ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް