ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަން ހަފްތާއަކަށް ވެފައިވާއިރު، އިންތިޚާބު ފަސްކުރަން އުޅޭ ކަމުގެ ތުހުމަތުތަށް ދޮގުކޮށް، އިންތިޚާބު ލަސްކުރުމުގެ އެއްވެސް ހާލަތެއް ނެތްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަނިމާދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްގަފޫރު މޫސާ ކެމްޕެއިންގައި ބައިވެރިވެވަޑައިގެން، ހަނިމާދޫގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވުންނެވެ.
އިރާދަފުޅުން އިންތިޚާބު ބާއްވަން ހަމަޖެހިފައިވާ ތާރީހުގައި އިންތިޚާބް ބޭއްވުމަށް ނިންމައިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އިންތިހާބު ފަސްކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް މިހެން ވިދާޅުވީ، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން އިންތިޚާބު ފަސްކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް