ސްރީލަންކާއަށް އުފަން ބޮލީވުޑް ތަރި، ޖެކޮލިން ފަނޭންޑަޒްގެ ފާހަގަކޮށްލެވޭ އެއް ކަމަކީ އަބަދުވެސް ފިޓްކޮށް ހުންނަ ކަމެވެ. ދެވަނަ ކަމަކީ ހަންގަނޑުގެ ކުލަ އަލިވެފައި އޮމާން ކަމެވެ.
ފާހގަ ކޮށްލެވޭ މި ދެ ކަންތަކުގެ ސިއްރު އޭނާ ވަނީ ނިމިދިޔަ ހަފްތާގައި ޓައިމްސް އޮފް އިންޑިއާއަށް (ޓީއޯއައި) ކިޔާ ދީފައެވެ.
ޓީއޯއައި – ނިދާ ތެދުވެ އެންމެ ފުރަތަމަ ކުރަނީ ކީއް ؟
ޖެކޮލިން – އެންމެ ފުރަތަމަ ތާފަނާ ފެން ބޮނީ، ގާތްގަނޑަކަށް އެއް ލީޓަރު ފެން، އެގަޑީގައި ބޮން، ދެން އެއަށްފަހު ބޮނީ ކޮންމެވެސް ފެހި ޖޫހެއް.
ޓީއޯއައި – ހަންގަނޑު ކުލަ އަލިކޮށް ބަހައްޓަން، އަދި ހަންގަނޑު އޮމާންކަން މަތީ ބަހައްޓަން ކުރަނީ ކީއް ؟
ޖެކޮލިން – ގަބޫލުކުރެވޭ ގޮތުގައި އެކަމުގެ ސިއްރަކީ ރޯ ޖޫސް ބުއިމާއި، ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއި ކަސްރަތު.
ޓީއޯއައި – ކަސްރަތު ކުރަނީ ދުވާލަކު ކިހާ ވަރަކަށް ؟
ޖެކޮލިން – ދޮގު ނުހަދާ ބުނާކަމަށްވާނަމަ ކަސްތަރެއް ނުކުރަން، ނަމަވެސް ޔޯގާ ކުރަން، އެއީ ކަންނޭނގެ އަހަންނަށް ކުރެވޭ ކަސްރަތަކީ.
ޓީއޯއައި – އަބަދު ހެވިފައި ހުރުމުގެ ސިއްރަކީ ކޮބާ ؟
ޖެކޮލިން – އަހަންނަކީ މާ ގިނަ ދުވަހު ސިކުނޑީގައި ކަންކަން ބަހައްޓަން ބޭނުންވާ މީހެއް ނޫން، ސިކުނޑީގައި ކަންކަން ބަހައްޓާނަމަ އެކަމެއްގެ ސަބަބުން ފަހުން ގޮންޖެހުންތަކާ ދިމާވެދާނެ ކަމަށް ގަބޫލު ކުރަނީ. ދިރިއުޅުމުގައި ކަންކަމާ ދިމާވާނެ، ހުރިހާ ކަމެއް ކޮންޓްރޯލެއް ނުކުރެވޭނެ، އެހެން މީހުންގެ އަމަލުތަކެއްވެސް ކޮންޓްރޯލެއް ނުކުރެވޭނެ އަދި ހާލަތްތަކެއްވެސް ކޮންޓްރޯލެއް ނުކުރެވޭނެ، އެކަން ކަން ދޫކޮށް ކުރިއަށް ދިއުމުގެ ހިތްވަރު ހުންނަންޖެހޭ.
ޓީއޯއައި – ބޭނުން ކުރެވޭ ސިއްހަތަށް ފައިދާހުރި އެންމެ މުހިންމު ކާނާ ނުވަތަ ބުއިމަކީ ކޮބާ ؟
ޖެކޮލިން – މިހާރުވެސް ދަބަހުގައި ޖޫސް ފުޅިއެއް އެބަ އޮތް، ކާރުގަ އެހެން ފުޅިއެއް އޮންނާނެ އަދި ފުރިޖުގައިވެސް ޖޫސް ފުޅިއެއް އޮންނާނެ، މި ޖޫސް ބުއިމުން، ބޭކާރު، ގެއްލުން ހުރި ކެއުންތަކުން އަހަރެން ދުރުކޮށްދޭ، ވިޓަމިން ސީ އަކީ ގައިގެ ހަމަށް ވަރަށް މުހިންމު އެއްޗެއް، އެންޓި އޮކްސިޑެންޓްސް އަކީވެސް ހަށިގަނޑަށް ވަރަށް މުހިއްމު އެއްޗެއް، ފެހި ޖޫސްތަކުން ހަށިގަނޑު އަލްކަލައިޒް ކޮށްލަދޭ.
ޓީއޯއައި – ދިޔަފެލައިގެން ހަދާ ޖޫސް، މިކްސްޗަރުން ހަދާ ޖޫހަށްވުރެ ރަނގަޅީތަ ؟
ޖެކޮލިން – ގިނަ ބަޔަކަށް މިކަން ނޭނގި އޮންނަނީ، އަސްލު މިކްސްޗަރުން ޖޫސް ގިރީމަ، މޭވާ ހޫނުވެ މޭވާގައި ހުންނަ ފައިދާގެ ބޮޑުބައެއް ގެއްލިދޭ، ކޯލްޑް ޕްރެސް އިން ޖޫސް ތައްޔާރު ކުރީމަ އެއްޗެއް މާއްދާއެއް އުނި ނުވެ އެންމެ އެކަށީގެންވާ ފައިދާ ލިއްބައިދޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް