މެންޗެސްޓާ ސިޓީ އަދި ޔުނައިޓެޑަށް މޮޅެއް

މެންޗެސްޓާ ސިޓީ ރެލެގޭޝަންގައި އޮތް ފުލްހަމް އަތުން ހޯދި މޮޅާއިއެކު އެއްވަނައިގައި ހަމަ ޖެހިލިއިރު ވަޓްފޯޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ހަތަރުވަނަ އަށް ޖެހިލައިފިއެވެ. ޕްރިމިއާ ލީގުގެ މިރޭ...

31 Mar 2019 | 03:14

މެންޗެސްޓާ ސިޓީ ރެލެގޭޝަންގައި އޮތް ފުލްހަމް އަތުން ހޯދި މޮޅާއިއެކު އެއްވަނައިގައި ހަމަ ޖެހިލިއިރު ވަޓްފޯޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ހަތަރުވަނަ އަށް ޖެހިލައިފިއެވެ.

ޕްރިމިއާ ލީގުގެ މިރޭ އެންމެ ފުރަތަމަ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީއާއި ފުލްހަމް ބައްދަލު ކުރި އިރު، 0-2 ގެ ނަތީޖާއަކުން މޮޅުވީ މެންޗެސްޓާ ސިޓީއެވެ. މި މެޗުގެ ފުރަތަމަ ގޯލް ސިޓީއަށް ޖަހައިދީފައިވަނީ ސާޖިއޯ އަގުއޭރޯ ދިން ބޯޅައަކުން ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ބާރނާޑޯ ސިލްވާއެވެ. ސިޓީގެ ދެވަނަ ގޯލް ޖަހާފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައި ފުލްހަމްގެ ބްރްޔަންއަށް ހެދުނު ގޯހަކުން ބާރނާޑޯ ހޯދަދިން ބޯޅައަކުން ސާޖިޔޯ އަގުއޭރޯއެވެ. މި މެޗުގައި އިތުރު ގޯލްއެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ވަޓްފޯޑް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-2ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 28 ވަނަ މިނެޓުގައި ލޫކް ޝޯގެ އެސިސްޓަކުން މާކަސް ރަޝްފޯޑެވެ. މެޗުގެ ދެވަނަ ގޯލް މެންޗެސްޓާއަށް ކާމިޔާބު ކޮށްދީފައިވަނީ އަނިޔާއިން އެނބުރި އައި އެންތަނީ މާޝަލްއެވެ. މި މެޗުގައި ވަޓްފޯޑްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްފައިވަނީ އަބްދުލާޔީ ޑެކޯރޭއެވެ. އޯލެ ޖުނަ ސޮލްސްޔާ މެންޗެސްޓާ ޔުނައިޓެޑުގެ ދާއިމީ މެނޭޖަރުގެ ގޮތުގައި ހަމަޖެއްސިފަހުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި ލޫކް ޝޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް