ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ. މިފަހަރު ފުލުހުންގެ ވަޒީފާއަށް ހޯދަނީ އޭލެވެލް ހަދާފައި ތިބި، އުމުރުން 25 އަހަރު ފުރި 27 އަހަރު ނުފުރޭ ޒުވާނުންނެވެ. ފުލުހ...

31 Mar 2018 | 07:39

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.

މިފަހަރު ފުލުހުންގެ ވަޒީފާއަށް ހޯދަނީ އޭލެވެލް ހަދާފައި ތިބި، އުމުރުން 25 އަހަރު ފުރި 27 އަހަރު ނުފުރޭ ޒުވާނުންނެވެ. ފުލުހުންގެ އިދާރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިކަންކަމުގެ އިތުރުން ފުލުހުންގެ އިދާރާއަށް ބޭނުންތެރި ދާއިރާތަކުން ކޯސް ފުރިހަމަކޮށްފައިވާ  ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.

އިއުލާނުކޮށްފައިވަނީ ޕޮލިސް ކޮންސްޓަބަލްގެ ވަޒީފާ އަށް މީހުން ހޯދުމަށެވެ. މިވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ގުޅުން ހުރި ލިޔުންތަކާއި އެކު ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 24 ގެ ނިޔަލަށެވެ.

ފުލުހުންގެ ޕޮލިސް ކޮންސްޓަބަލް އަކަށް މުސާރައިގެ ގޮތުގައި މަހަކު 4650 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެއިތުރުން މިމަގާމަށް ރެކްރޫޓް ކުރެވޭ ތާރީހުން ފެށިގެން ތިން މަސް ދުވަސް ވުމުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 5000 ރުފިޔާ އާއި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 40 އިންސައްތަ އަދި ފުލުހުންގެ ވަޒީފާއާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ހަމަ މި މަގާމަށް މީހުން ހޯދުމަށް މިދިޔަ ފެބްރުއަރީ މަހުވެސް ފުލުހުންގެ އިދާރާއިން އިއުލާނު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް