ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ރަންވޭގެ މަސައްކަތް އަންނަ އޮގަސްޓު މަހު ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޮގަސްޓް މަހު ރަންވޭގެ މަސައްކަތްތައް އެއްކޮށް ނިމި، މި އަހަރުގެ ފިނި މޫސުމަށް އިތުރު އެއާލައިންތަކަށް ރާއްޖެ އަށް ދަތުރުތައް ފެށޭނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ޔޫރަޕްގެ ގިނަ އެއާލައިންތަކެއް ހިމެނޭ ކަމަށް ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ އާ ރަންވޭ ބޭނުން ކުރަން ފެށުމުން ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ އޭ380 މަރުކާގެ މަތިންދާ ބޯޓުތައްވެސް ފުރަތަމަ ފަހަރަށް ރާއްޖެއަށް އަންނަން ފަށާނެ ކަމަށެވެ.
https://twitter.com/em_saeed/status/979770078156570624
ވީއައޭގައި ހަދާ އާ ރަންވޭއަކީ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ ރަންވޭ އެކެވެ. އޮގަސްޓް މަހު އާ ރަންވޭގެ މަސައްކަތް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އިރު ފަސް ދިމާލަކުން، މިހާރު ބޭނުން ކުރާ ރަންވޭ އާއި އަލަށް ހަދަމުންދާ ރަންވޭ ގުޅާލުމުގެ މަސައްކަތް ވަނީ ފަށާފައިފަ އެވެ.
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް