އެންމެ ގިނަ ވިޔަފާރިތަކުން "ރަސީދު" ހޯދި މީހަކަށް މުހައްމަދު!

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރިޔަށް ގެންދިޔަ "ކޮބާ ރަސީދު" ކެމްޕެއިންގައި އެންމެ ގިނަ ވިޔަފާރިތަކުން ރަސީދު ހޯދި މީހަކަށް މުހައްމަދު އިބްރާޙިމް، ދޫރެސް ށ. ފޭދޫ ހޮވިއްޖެ އެވެ. ...

31 Mar 2018 | 03:01

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރިޔަށް ގެންދިޔަ "ކޮބާ ރަސީދު" ކެމްޕެއިންގައި އެންމެ ގިނަ ވިޔަފާރިތަކުން ރަސީދު ހޯދި މީހަކަށް މުހައްމަދު އިބްރާޙިމް، ދޫރެސް ށ. ފޭދޫ ހޮވިއްޖެ އެވެ.

މި ކެމްޕެއިންގައި 690 ފަރާތަކުން ބައިވެރިވި އެވެ. އެންމެ ގިނަ ވިޔަފާރިތަކުން ރަސީދު ހޯދާ ފަރާތަކަށް 32،000 ރުފިޔާ ދޭގޮތަށް ކުރިޔަށް ގެންދިޔަ މި ކެމްޕެއިންގައި އެއްވަނައަށް ދިޔަ މުހައްމަދު އިބްރާހީމަށް އިއްޔެ ވަނީ ފައިސާގެ އިނާމު ހަވާލު ކޮށްފައި އެވެ.

މުހައްމަދު ވަނީ ފެބްރުއަރީ މަހު އެންމެ ގިނަ ވިޔަފާރިތަކުން ރަސީދު ހޯދި ފަރާތުގެ ގޮތުގައިވެސް ހޮވިފަ އެވެ. އިނާމުގެ ގޮތުގައި 1،500 ރުފިޔާ ދީފައިވާއިރު ފެބްރުއަރީ މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު އާމިނަތު އަބްދުލް ސައްތާރަށްވެސް ވަނީ 1،500 ރުފިޔާގެ ދީފަ އެވެ.

މީރާއިން ބުނީ މި ކެމްޕެއިން ހިންގުމުގެ މަގުސަދަކީ ވިޔަފާރިކުރާ ފަރާތްތައް ރާއްޖޭގެ ޓެކުހުގެ ނިޒާމަށް އަހުލުވެރިކުރުވައި، ވިޔަފާރީގެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމަށް ބާރުއެޅުންކަމަށެވެ. އަދި މީގެ އިތުރުން ވިޔަފާރިކުރަން ދާ ފަރާތްތަކުން ރަސީދު ހޯދުމަށް އާދަކުރުވުންކަމަށެވެ.

މި ކެމްޕެއިން ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަހަކުން މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށެވެ. މި މުއްދަތުގައި ކެމްޕެއިންގައި ބައިވެރިވި ފަރާތްތަކުން ވަނީ ޖުމްލަ 57,587 ރަސީދު ފޮނުވައިފައި އެވެ. އޭގެ ތެރެއިން 88 ޕަސެންޓު ރަސީދަކީ ގާނޫނާއި ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވާ ރަސީދު ކަމަށާއި ޖުމަލަ 3,280 ވިޔަފާރިތަކުގެ ރަސީދު މީރާއަށް ލިބިފައިވާކަމަށް ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް