ބަރުދަން ލުއި ކުރުމުގައި ސަމާލުކަން ދޭންވީ ކާ ގަޑިތަކަށް!

ބަރުދަން ލުއި ކުރަން ބޭނުންވާ މީހުން ދުވާލު ހަތަރު ދަމު ނުކައި ހުރެ ނުވަތަ ވަކި އެއްޗެއް ހެނދުނު ކެއުމަކީ އެކަމުން ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރުވާލާ ކަމެއް ނޫންނެވެ. ހިކެން ބޭނުންވެގެން ކާ އެއް...

31 Mar 2018 | 02:21

ބަރުދަން ލުއި ކުރަން ބޭނުންވާ މީހުން ދުވާލު ހަތަރު ދަމު ނުކައި ހުރެ ނުވަތަ ވަކި އެއްޗެއް ހެނދުނު ކެއުމަކީ އެކަމުން ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރުވާލާ ކަމެއް ނޫންނެވެ.

ހިކެން ބޭނުންވެގެން ކާ އެއްޗެހި ކާ ވަގުތުތަކަކީވެސް ސަމާލުކަން ދިނުން މުހިންމު ކަމެކެވެ. މިކަން ސާބިތު ކޮށްދިނީ ދުބާއީގައި ހެދި ދިރާސާއަކުންނެވެ. އެ ދިރާސާގައި ބައިވެރިކުރީ ޑައިޓު ކުރާ މީހުންނެވެ. އެމީހުންގެ ޑޮކްޓަރުން ދިރާސާގައި ބެލީ އެންމެ އަވަހަށް ހިކެނީ އެމީހުން ހިކެންވެގެން ވަކި ކާއެއްޗެހި ކެއުމުންތޯ ނުވަތަ އެ އެއްޗެހި ކެއުމާއި އެކު ކާ ގަޑިތަކަށް ސަމާލުކަން ދިނުމުންތޯ އެވެ.

މި ދިރާސާގައި ފާހަގަވެފައިވަނީ ކެވޭ ގަޑިތަކަކީ ހަށިގަނޑުގެ ބަރުދަނާއި ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމެވެ. އަދި އޭގެ ތެރެއިން އެންމެ އަވަހަށް ބަރުދަން ލުއި ވަމުންދަނީ ރޭގަނޑު ނުކައި ހެނދުނު ވަކި ގަޑިއެއްގައި ސައި ބޯ މީހުންނެވެ.

ދިރާސާގައި ބުނެފައިވަނީ ރޭގަނޑު މާ ދަންކޮށް ކާނަމަ އެ ކާއެއް ހަޖަމް ވާން ގިނަ އިރު ނަގާ ކަމަށެވެ. ރޭގަނޑު 8:30 ން ހެނދުނު 8:00 އާއި ދެމެދު އެއްވެސް އެއްޗެއް ނުކައި ހުރުމަކީ ހަށިގަނޑު ލުއިކޮށްދީ ސަރުބީތައް ވިރުވާލުމަށް އަވަސްވާނެ ގޮތެއް ކަމަށް ބުނެފައިވެ އެވެ.

ދެން އޮތީ އެހާ ގިނައިރު ނުކައި ހުރެ ހެނދުނު ތެދުވެ ސައި ބުއިމުގެ ވާހަކަ އެވެ. މި ދިރާސާ ކުރި ނިއުޓްރިޝަނިސްޓުން ބުނެފައިވަނީ ބަރުދަން ލުއި ކުރާކަށް ކޮންމެހެން ހެނދުނު 8:00 ގައި ތެދުވެ ސައިބޯން ނުޖެހޭ ކަމަށެވެ. ހެނދުނުގެ ސަޔަކީ އޮފީހަށް ދިއުމުގެ ކުރިން ނުވަތަ ވަކި ކަމެއް ކޮށްފައި ބޯ އެއްޗަކަށް ނަހަދާ ސަރުބީތަށް އަވަހަށް ވިރުވަން ބޭނުން ނަމަ ހެނދުނު ސައިބޯންވީ ކޮންމެ ގަޑިއެއްގައި ތެދުވިޔަސް ތެދުވާތާ އެއްގަޑިއިރު ތެރޭގައި އެވެ.

މިގަޑިތަކަށް ސަމާލުކަން ދިނުމަށް ފަހު ދެން ބަރުދަން ލުއި ކުރަން ކާ އެއްޗެހި ކެއުމުން މާ އަވަހަށް ހަށިގަނޑު ހިއްކާލާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް