އިންޑިއާގެ ރައީސް ފިލްމު "ހިޗްކީ" ބައްލަވާލަން ބޭނުންވެއްޖެ!

މަނީޝް ޝަރުމާ ޕްރޮޑިއުސް ކޮށްފައިވާ ފިލްމު "ހިޗްކީ" އަށް ހާއްސަ ގަދަރަކާއި އިހުތިރާމެއް ލިބެން ތައްޔާރުވެއްޖެ އެވެ. މި ފިލްމު ބައްލަވާލަން ބޭނުންވަނީ އިންޑިއާގެ ރައީސް ރާމް ނަތް ކޮވިންދެވެ. އެހެންވެ ފ...

30 Mar 2018 | 21:40

މަނީޝް ޝަރުމާ ޕްރޮޑިއުސް ކޮށްފައިވާ ފިލްމު "ހިޗްކީ" އަށް ހާއްސަ ގަދަރަކާއި އިހުތިރާމެއް ލިބެން ތައްޔާރުވެއްޖެ އެވެ.

މި ފިލްމު ބައްލަވާލަން ބޭނުންވަނީ އިންޑިއާގެ ރައީސް ރާމް ނަތް ކޮވިންދެވެ. އެހެންވެ ފިލްމު "ހިޗްކީ"ގެ ހާއްސަ ޝޯއެއް އެއް ރައީސް ދިރިއުޅުއްވާ ގެކޮޅު، ރާޝްރަޕަތީ ބަވަންގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އާންމުކޮށް ބޮލީވުޑްގެ ފިލްމުތަކަށް އަދި އެހެން ބަސްބަހުގެ ފިލްމުތަކަށް ލިބޭ ގަދަރެއް ނޫނެވެ.

މި ފިލްމު އިންޑިއާގެ ރައިސް ބައްލަވާލަން ބޭނުންވަނީ އެ ގައުމުގެ މުޖުތަމައުގައި ހިނގަމުންދާ ކަންކަމާއި މުހިންމު ސީރިއަސް މައްސަލަތަކެއްގެ މައްޗަށް ފިލްމުގައި އަލިއަޅުވާލާފައިވާތީ އެވެ. މި ފިލްމު ރާޝްރަޕަތީ ބަވަންގައި ދައްކާނީ މިއަދުގެ ވަގުތެއްގައި އެވެ.

މިކަމާ ގުޅިގެން މަނީޝް ބުނެފައިވަނީ އެ އީ ފިލްމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެ ފިލްމު ބައްލަވާލަން އިންޑިއާގެ ރައީސް ބޭނުންވެވަޑައިގެންނެވުމުން ކުރެވޭ އިހުސާސް ބުނަންވެސް ނޭނގޭ ކަމަށެވެ.

އޭނާ ބުނީ "ހިޗްކީ" އިން މުޅި މުޖުތަމައުއަށް މުހިންމު މެސެޖެއް ދެވުނީ އުފާ ކުރާ ކަމަށެވެ. އަދި އެ ފިލްމުގެ ކޮންމެ ތަންކޮޅެއް ހުރިހާ އުމުރުފުރާ އަކާއި ގުޅުމަކީވެސް ފިލްމަށް ލިބެމުންދާ ކާމިޔާބީގެ ފަހަތުގައި ވާ މުހިންމު ކަމެއް ކަމަށެވެ.

"ހިޗްކީ" ގައި ީޑްރޯލް ކުޅެފައިވަނީ ރާނީ މުކަރުޖީ އެވެ. މި ފިލްމުގައި ރާނީގެ އަދާކޮށްފައިވާ ރޯލަށް ގިނަ ބައެއްގެ ތާއީދު ދަނީ ލިބެމުންނެވެ. ރާނީ ބުނެފައިވަނީ މި ލިބުނު ކާމިޔާބީ އަކީ ކުރީގެ މަޝްހޫރު އަންހެން ތަރިން ގޭގައި ނުތިބެ އަލުން ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ފިލްމު "ހިޗްކީ" ރިލީޒް ކުރީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް