ޝައްކު ކުރެވޭ އިތުރު މީހަކު ނެތް، އެކަމަކު ދެ މީހަކު ދަނީ މޮނިޓާ ކުރަމުން

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އިތުރު މީހަކު ނުފެންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ. މިނިސްޓަރު އަބްދުﷲ އަމީން މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ އިތުރު މީހަކު ބައްޔަށް ޓެސްޓު ...

31 Jan 2020 | 18:55

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އިތުރު މީހަކު ނުފެންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު އަބްދުﷲ އަމީން މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ އިތުރު މީހަކު ބައްޔަށް ޓެސްޓު ކުރަން ނިންމާފައި ނުވާކަމަށެވެ. އެކަމަކު ދެމީހެއްގެ ސިއްހީ ހާލަތަށް ބަލައި މޮނީޓާ ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މޮނިޓާ ކުރަންޖެހޭ މީހުން އިތުރު ވަނީ ސްކްރީން ކުރުން ވަރުގަދަވާތީ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އައިސޮލޭޝަންގައި މޮނިޓާ ކުރަމުންދަނީ ދެ ދިވެހިން ކަމަށެވެ. މި ބައްޔަށް ޝައްކު ކުރެވުނު މީހާ އަކީވެސް ދިވެއްސެކެވެ.

އިތުރަށް ވިދާޅުވީ އައިސޮލޭޝަންގައި ތިބި ދެމީހުން ތިބީ ހުޅުމާލޭގައި ހެދިފައިވާ އައިސޮލޭޝަން ސެންޓަރުގައި ވަކި ވަކިން ކަމަށެވެ. އެމީހުންނާއި މުއާމަލާތްކޮށް ކެއުމުގެ ކަންކަން ހަމަޖައްސައިދީ ބޭހެއް ދޭން ޖެހިއްޖެ ނަމަ އެކަން ކުރުމަށް އެމީހުން ތިބި ކޮޓަރިއަށް ވަންނަނީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭ މުޅި ގައި ނިފާކޮށްފައި ހުންނަ ހެދުމުގައި ކަމަށެވެ.

އައިސޮލޭޝަންގައި ތިބި މީހުންނަކީ ބައްޔަށް ޝައްކުކުރެވިގެން ބައިތިއްބާފައި ތިބި ބައެއް ނޫންކަމަށާއި ޗައިނާއަށް ދަތުރުކޮށްފައިވާތީ ސިއްހީ ހާލަތު ރަނގަޅުތޯ ބަލަން އެދުނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް