މާލޭގައި މާރާމާރީ ހިންގި ނޭޕާލު ބަޔަކު ހައްޔަރުކޮށްފި

މާލޭގައި މަސައްކަތް ކުރާ ނޭޕާލު ބަޔަކު މާރާމާރީ ހިންގައިފި އެވެ. މި ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ނޭނގެ އެވެ. ހ. ފިނިހިޔާ ގޯޅީގައި ހިންގި މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިރޭ 8:53...

31 Jan 2020 | 18:24

މާލޭގައި މަސައްކަތް ކުރާ ނޭޕާލު ބަޔަކު މާރާމާރީ ހިންގައިފި އެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ނޭނގެ އެވެ. ހ. ފިނިހިޔާ ގޯޅީގައި ހިންގި މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިރޭ 8:53 ހާއިރު އެވެ.

ފުލުހުން ބުނީ ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގަ ހަތަރު ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީ އާއި ގުޅޭ މާބޮޑު ތަފްސީލެއް ނޭނގެ އެވެ. މިފަހަކުން މާލޭގައި ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގާފައި އެބަ ހުއްޓެވެ. އާންމުކޮށް އެފަދަ މައްސަލަތައް ކުރިމަތިވަނީ ފައިސާގެ މައްސަލަތަކުގައި ކަމަށެވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް