ޗައިނާގައި ހަލުވި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނައިރު އެ ގައުމުން ފާއިތުވި 10 ދުވަހުގެ ތެރޭގައި 200 މިލިޔަން މާސްކުގެ އޯޑަރު ކޮށްފައިވާކަމަށް ތުރުކީން ބުނެފިއެވެ.
އެގޮތުން ތުރުކީގެ މެޑިކަލް ފާމެއްގެ ސްކޭޓްހޯލްޑަރަކު ބުނެފައިވަނީ ދުނިޔޭގައި އެންމެ ގިނައިން ފޭސް މާސްކު އުފައްދާ ގައުމަކީ ޗައިނާ ކަމުގައިވީނަމަވެސް އެފަދަ ބޮޑު އޯޑަރެއް ތުރުކީއަށް އައުމުން ވަރަށް ހައިރާން ވާކަމަށެވެ. ތުރުކީގައި އަހަރަކު އުފައްދަނީ 150 މިލިޔަން މާސްކު ކަމަށާއި ނަމަވެސް 200 މިލިޔަން މާސްކު ފޯރުކޮށްދީފައިވާކަމަށްވެސް ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވާގޮތުގައި މާސްކުގެ ޑިމާންޑު އަންނަނީކީ ހަމައެކަނި ޗައިނާއަކުން ނޫނެވެ. އެ ގައުމުތަކުގެ ތެރޭގައި އިޓަލީ، ނެދަލެންޑް، ފްރާންސް، ޕޮލެންޑް އަދި ޖަރުމަނުވިލާތްވެސް ހިމެނެއެވެ.
ނުރައްކާތެރި ކޮރޯނާ ވައިރަސް ޗައިނާގެ އިތުރުން ދުނިޔޭގެ އެތައް ގައުމަކުން މިހާރު ވަނީ ފެނިފައެވެ. ރާއްޖެއިންވެސް ޝައްކު ކުރެވޭ މީހަކު ފެނިފައިވެއެވެ.
ކޮރޯނާ ވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު 213 އަށް އަރާފައިވާއިރު ވައިރަހަށް ޕޮޒިޓިވް ވެފައިވާމީހުންގެ އަދަދު ގާތްގަނޑަކަށް 10 ހާހަށް އަރައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް