ޑިސެބިލިޓީ އެމްބެސެޑަރުކަން ކުރިން ކޮށްފައިވާ އަދި ދަރުމަވެރިކަމަށް ހިދުމަތް ކުރަމުން އަންނަ އަހްމަދު ހިޝާން ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދުވަހަށް ކަށަވަރު ކުރެވިފައިވާގޮތުގައި ހިސާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލަންކާއަށް ފުރަން ގޮސް ހުއްޓައެވެ. ހައްޔަރުކުރީ ފްލައިޓަށް އެރި ފަހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށް ހިސާން ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްފައިވާކަމަށެވެ.
ހިސާން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު އޭނާއަށް މި ފަހުން ބަޔަކު ހަމަލާދޭން އުޅުނު ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ހިސާންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް