ގއ. އަތޮޅުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓު ބާތިލުކޮށް، ވޯޓު ކަރުދާސްތައް އަންދާލަނީ

ގއ. އަތޮޅުގައި މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ބާތިލުކޮށް ވޯޓު ކަރުދާސްތައް ފުލުހުންގެ ހާޒިރުގައި އަންދާލައިފި އެވެ. އެ އަތޮޅުގައި ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ގެންދިޔައީ ވިލިނގިލި، ކޮލ...

31 Jan 2020 | 17:58

ގއ. އަތޮޅުގައި މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ބާތިލުކޮށް ވޯޓު ކަރުދާސްތައް ފުލުހުންގެ ހާޒިރުގައި އަންދާލައިފި އެވެ.

އެ އަތޮޅުގައި ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ގެންދިޔައީ ވިލިނގިލި، ކޮލަމާފުށި އަދި ދާންދޫ ގައި އެވެ.

ވޯޓް ފޮށިތައް ބާތިލްކުރި ސަބަބާ ގުޅޭގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ވޯޓު ފޮށިތައް ބާތިލް ކުރަން ނިންމީ އެ ތިން ރަށުގެ ވޯޓުފޮށީގެ ކައިރީގައި ސަޕޯޓަރުންގެ މެދުގައި ހިނގި ހަަމަނުޖެހުންތަކަކާއި ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ މި ހަމަނުޖެހުންތައް ހިނގަން މެދުވެރިވި ސަބަބުގެ ތެރޭގައި ތިން ރަށުގެ މީހުން އެއްފޮއްޓަކަށް ވޯޓުލާން ޖެހުން ވުން އެކަށީގެންވާ ކަމަށެވެ.

ވޯޓު ބާތިލް ކުރުމަށް ފަހު އެ ރަށްރަށުގައި ވަނީ ފުލުހުންގެ ހާޒިރުގައި ވޯޓު ކަރުދާސްތައް އަންދާލާފަ އެވެ. އެމްޑީޕީން ބުނީ މައްސަލަ ދިމާވެ ބާތިލު ކުރަން ޖެހުނީ އެ ތިން ރަށުގެ ވޯޓުކަމަށާއި އެ އަތޮޅުގެ އެހެން ރަށްރަށުގައި ވޯޓުލުން ކުރިޔަށް ދިޔައީ އޮމާން ކަމާއި އެކު ކަމަށެވެ.

މި ތިން ރަށުގެ ޕްރައިމަރީ ދެން ބާއްވާނެ ދުވަހެއް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް