ކޮރޯނާ ވައިރަހާބެހޭގޮތުން ހަބަރު ފެތުރުމުގައި ސަމާލުވުމަށް މީޑިއާ ކައުންސިލުން އިލްތިމާސް ކޮށްފި

ޗައިނާއިން ފެނި، މިހާރު މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަހާއި ބެހޭގޮތުން ހަބަރާއި މައުލޫމާތު ފެތުރުމުގައި ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއ...

31 Jan 2020 | 14:53

ޗައިނާއިން ފެނި، މިހާރު މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަހާއި ބެހޭގޮތުން ހަބަރާއި މައުލޫމާތު ފެތުރުމުގައި ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސް ކޮށްފިއެވެ.

އެގޮތުން އެ ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިތުރަށް ބިރުވެރިކަން ނުއުފެދޭގޮތަށް ވިސްނުމަށާއި ރާއްޖޭގެ އިގްތިސާދާއި ގައުމީ މަސްލަހަތަށް އިސްކަންދީގެން ހަބަރާއި މައުލޫމާތު ފެތުރުމަށް އިސްކަން ދީފައިވެއެވެ.

މައުލޫމާތު ފެތުރުމުގައި WHO ގެ ހިސާބުތަކަށް ރިއާޔަތް ކުރުމަށް އިސްކަން ދިނުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ. އަދި މީގެ އިތުރުން މި ވައިރަސް ފެތުރުމާއި ބެހޭގޮތުން ފަތުރާ މައުލޫމާތަކީ ތެދު މައުލޫމާތުކަން ކަށަވަރު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް މީޑިއާ ކައުންސިލުން އިލްތިމާސް ކޮށްފައިވެއެވެ.

އެ ކައުންސިލުން އިތުރަށް ބުނެފައިވަނީ ގައުމަށް ދިމާވާ މިފަދަ ހާދިސާތަކުގައި މީޑިއާތަކުން މިހާތަނަށް އަމަލުކޮށްފައިވާ ޒިންމާދާރުކަން އެ ކައުންސިލުން ބަލައިގަނެ، އެ ގޮތުގެގައި މި ހާލަތުގައިވެސް ދެމިތިބުމަށް އިލްތިމާސް ކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް