ކޮރޯނާ ވައިރަސް އުފަންވި ޗައިނާއިން މިއަންމާއަށް ދިޔަ ފްލައިޓެއްގައި އިން ފަސިންޖަރެއްގެ ގައިން ހުމުގެ އަސަރު ފެނުމުން ދެން ތިބި ފަސިންޖަރުންނާއި އެކު އެ ފްލައިޓު އަނބުރާ ޗައިނާއަށް ފޮނުވާލައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ފްލައިޓު މިއަންމާގެ ވިޔަފާރީގެ މައި މަރުކަޒު ޔަންގޮން އަށް ދިޔައީ ޗައިނާގެ ގުއާންޒޯ އިންނެވެ. ހުމުގެ އަސަރު ފެނުނު ފަސެންޖަރު ބޯޓުން ބާލައިގެން ހޮސްޕިޓަލަކަށް ގެންގޮސް ކަރަންޓީން ކޮށްގެން ދަނީ ފަރުވާދެމުންނެވެ.
މިއަންމާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ހުމުގެ އަސަރު ފެނުނީ ޗައިނާ ފިރިހެނެއްގެެ ގައިން ކަމަށެވެ. ފްލައިޓުގައި ދެން ތިބި ފަސިންޖަރުންތައް އެ ގައުމަށް ފޭބުމުގެ ހުއްދަ ނުދިނީ ބަލި ފެތުރިދާނެ ކަމުގެ ބިރަށް ކަމަށެވެ.
މީގެ އިތުރުން ޗައިނާއަށް ދަތުރު ކުރި މިއަންމާގެ ދެ ރައްޔިތަކު ވަނީ ސަރުކާރަށް އެކަން އެންގުމަށް ފަހު14 ދުވަސް ވަންދެން އަމިއްލަ ގޭގައި ކަރަންޓީން ވެގެން ތިބުމަށް ނިންމާފަ އެވެ. އެކަމަކު އެމީހުންގެ ގައިން ބަލީގެ އަލާމާތެއް އަދި ނުފެންނަ ކަމަށްވެ އެވެ.
މިއަންމާއިން ކޮރޯނާ ވައިރަސްއާއި ދެކޮޅަށްް އަޅާމުންދާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު މިހާތަނަށް އެ ގައުމުން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ނުވަތަ ޝައްކުކުރެވޭ މީހަކު ނުފެނެ އެވެ.
މިހާތަނަށް މި ބަލީގައި213 އަށްވުރެ ގިނަ މީހުން ޗައިނާއިން ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް